Back to Languages
Divehi - Chapter 102
Translation by Office Of The President Of Maldives
Verse 1
މުދަލާއި ދަރިން (ގިނަކަމަށް އެކަކުއަނެކަކަށް فخر ވެރިވެ އުޅުން، ތިޔަބައިމީހުން (اللَّه ގެ މަތިން ހަނދުމަނެއްތައި (مشغول ކޮށްފިއެވެ)
Verse 2
ތިޔަބައިމީހުން ކަށްވަޅުތަކަށް ޒިޔާރަތްކޮށްފުމަށް ދާނދެނެވެ. (އެބަހީ: މަރުވެއްޖައުމަށް ދާނދެނެވެ)
Verse 3
ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ނިކަންހުރެ ތިޔަބައިމީހުންނަށް އެނގޭނެތެވެ
Verse 4
ދެންވެސް، ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ނިކަންހުރެ ތިޔަބައިމީހުންނަށް އެނގޭނެތެވެ
Verse 5
ހަމަހިލާ އެހެންނަކުން ނުވާނެއެވެ. يقين ކަމުގެ އެނގުމުން ތިޔަބައިމީހުންނަށް އެނގޭނަމައެވެ
Verse 6
ހަމަކަށަވަރުން، ތިޔަބައިމީހުން ނަރަކަ ދެކޭނެކަން ކަށަވަރެވެ
Verse 7
ދެންހަމަ يقين ކަމުގެ ދުށުމުން، ތިޔަބައިމީހުން އެ ނަރަކަ ދެކޭނެކަން ކަށަވަރެވެ
Verse 8
ދެން އެދުވަހުން ހަމަކަށަވަރުން (ދުނިޔޭގައި ތިޔަބައިމީހުންނަށް ލިބުނު) نعمة ތަކާމެދު ތިޔަބައިމީހުންނާ سؤال ކުރައްވާނެކަން ކަށަވަރެވެ