Back to Languages

    Divehi - Chapter 85

    Translation by Office Of The President Of Maldives

    Verse 1

    برج ތަކުގެވެރި އުޑު ގަންދެއްވަމެވެ

    Verse 2

    އަދި وعد ކުރައްވާފައިވާ ދުވަސް ގަންދެއްވަމެވެ

    Verse 3

    އަދި ހެކިދޭ ފަރާތާއި، ހެކިދެވޭ ފަރާތް ގަންދެއްވަމެވެ

    Verse 4

    ވަޅުގަނޑުގެ އެކުވެރިންނަށް لعنة ލެއްވިއެވެ

    Verse 5

    (އެ ވަޅުގަނޑަކީ) ދަރުއަޅައި ރޯކޮށްފައިވާ އަލިފާންގަނޑެވެ

    Verse 6

    އެއުރެން އޭގެކައިރީގައި އިށީނދެ ތިބިހިނދެވެ

    Verse 7

    مؤمن ންނަށް އެއުރެން ކަންތައްކުރާގޮތް، އެއުރެން ދެކޭންތިބި حال ގައެވެ

    Verse 8

    އަދި عزيز ވަންތަ، ގިނަގިނައިން حمد ލިބިވޮޑިގެންވާ اللَّه އަށް އެއުރެން إيمان ވާކަމަށްޓަކައި މެނުވީ، އެ كافر ން އެއުރެންނާމެދު ނުރުހުންތެރިއެއް ނުވެތެވެ

    Verse 9

    އެކަލާނގެއީ، އުޑުތަކާއި، ބިމުގެ ވެރިކަން އެކަލާނގެއަށް މިލްކުވެގެންވާ ރަސްކަލާނގެއެވެ. اللَّه އީ، ކޮންމެ ކަމެއްގެ މައްޗަށް ހެކިވެވޮޑިގެންވާ ރަސްކަލާނގެއެވެ

    Verse 10

    ހަމަކަށަވަރުން، مؤمن ފިރިހެނުންނާއި، مؤمن އަންހެނުން، دين ން އެއްކިބާކުރުމަށް އަނިޔާދީ އުނދަގޫކޮށް، ދެން توبة ނުވި މީހުން (ދަންނާށެވެ!) ފަހެ، އެއުރެންނަށް ނަރަކައިގެ عذاب ހުށްޓެވެ. އަދި އެއުރެންނަށް އަނދައަނދާ ހުންނަ އަލިފާނުގެ عذاب ހުށްޓެވެ

    Verse 11

    ހަމަކަށަވަރުން، إيمان ވެ صالح عمل ތައްކުޅަމީހުންނަށް، އެތާނގެ ދަށުން ކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތައް ހުށްޓެވެ. ބޮޑުވެގެންވާ نصيب ލިބުމަކީ އެއީއެވެ

    Verse 12

    ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ހިއްޕަވާ ހިއްޕެވުމަކީ، ގަދަފަދަވެގެންވާ ހިއްޕެވުމެއްކަން ކަށަވަރެވެ

    Verse 13

    ހަމަކަށަވަރުން، ފުރަތަމަ އުފައްދަވަނީވެސް، އަދި އަލުން (ދިރުއްވައި) إعادة ކުރައްވާނީވެސް ހަމަ އެކަލާނގެއެވެ

    Verse 14

    އަދި އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، ނުހަނު އޯގާވަންތަ ރަސްކަލާނގެއެވެ

    Verse 15

    عرش ގެ ވެރި، މާތްވަންތަ ރަސްކަލާނގެއެވެ

    Verse 16

    އިރާދަކުރައްވާ ކޮންމެ ކަމެއް ކުރައްވާ ރަސްކަލާނގެއެވެ

    Verse 17

    އިރާދަކުރައްވާ ކޮންމެ ކަމެއް ކުރައްވާ ރަސްކަލާނގެއެވެ

    Verse 18

    فرعون އާއި، ثمود ބާގައިގެ لشكر ގެ ވާހަކަ، ކަލޭގެފާނާ ހަމަޔަށް އައިސްފައިވޭތޯއެވެ؟

    Verse 19

    އަދި ކިއެއްތަ! كافر ވިމީހުން ވަނީ، ދޮގުކުރުމެއްގައެވެ

    Verse 20

    اللَّه އެއުރެންގެ ހުރިހާކަމެއް ފުރިހަމަޔަށް ދެނެވޮޑިގެންވެތެވެ

    Verse 21

    اللَّه އެއުރެންގެ ހުރިހާކަމެއް ފުރިހަމަޔަށް ދެނެވޮޑިގެންވެތެވެ

    Verse 22

    އަދި ކިއެއްތަ! އެއީ ރައްކާތެރި ކުރައްވާފައިވާ ފިލަޔެއްގައިވާ (އެބަހީ: اللّوح المحفوظ ގައިވާ) މާތް قرآن އެވެ